ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ ގަރާރު ބަލައިގެންފި
މިހާރު
30 ޖޫން 2025 | ހޯމަ | 1:11
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ނުލިބި މަސައްކަތް ކުރަން ޖެހޭތީ، އެކަމާ މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްކޮށްފި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި އެ ގަރާރު ބަލައިގަންނަން 47 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ ގަރާރު ދިރާސާކުރަން ތަރިކައާ ބެހޭ ކޮމިޓީ އަދި އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރުގައި ބުނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ސިއްހީ އަދި ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.