ތެލަސީމިއާ ގާނޫނަށް 13 އަހަރު ފަހުން ހުށަހެޅި ފުރަތަމަ އިސްލާހުގެ ބިލް ބަލައިގެންފި
މިހާރު
30 ޖޫން 2025 | ހޯމަ | 1:11
ދެހާސް ބާރަ ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެންނަން ހުށަހެޅި ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހެޅުއްވި ބިލް ބަލައިގަންނަން 49 މެންބަރުން ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް ރާއްޖޭގައި ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭޕްރީލް 25، 2012 ގަ އެވެ. އަދި މެއި 10، 2012 ގައި އެ އަށް އަމަލުކުރަން ފަށައި މި ހޭދަވި 13 އަހަރު ތެރޭ އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައެއް ނެތެވެ.