ޑިމާންޑު ނެތުމުން ކައްދު އާއި އައްޑޫ އޮފީހުން މޯލްޑިވިއަންގެ ޓިކެޓް ވިއްކުން ހުއްޓާލައިފި

މިހާރު

30 ޖޫން 2025 | ހޯމަ | 1:22

ޑިމާންޑް ނެތުމުން ލ.ކައްދު އާއި އައްޑޫގެ މޯލްޑިވިއަންގެ އޮފީހުން ޓިކެޓް އިޝޫ ކުރުން ހުއްޓާލައިފި އެވެ.

ގައުމީ އެއާލައިން ހިންގާ، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިހާރު ގިނަ މީހުން ޓިކެޓް ނަގަނީ މޯލްޑިވިއަންގެ ޓިކެޓް އޭޖެންޓުން މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ވެބްސައިޓުން ކަމަށެވެ. އެހެންވެ އޮފީހަށް ގޮސް ޓިކެޓް ގަތުމުގެ ޑިމާންޑެއް މިހާރު ނެތް ކަމަށެވެ.

ޓިކެޓް އިޝޫކުރުން ހުއްޓާލި ނަމަވެސް، މޯލްޑިވިއަންގެ އެހެން ހިދުމަތްތައް ކައްދު އާއި އައްޑޫގެ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަންގެ އޮފީހުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް