ހާލަތު ގޯސްވެފައިވާ އައިކޮމް އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ

މިހާރު

30 ޖޫން 2025 | ހޯމަ | 2:48

ބޭނުން ނުކުރެވޭ ވަރަށް ހާލަތު ދަށްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގާނެ އާ އިމާރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ގ. ބިއްލޫރިޖެހިގޭގަ އެވެ. އިމާރާތުގެ ހާލަތު ހުރި ގޮތުން އެ އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ނެތުމުން އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ބަދަލުކުރީ މިދިޔަ މެއި މަހުގެ 19ގަ އެވެ.

އެ އޮފީހުން ވަނީ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން މިއަދު އިއުލާންކޮށްފަ އެވެ.

މައުޟޫޢުތަށް