ޝަމްއާންގެ މައްޗަށް ޝަރީއަތް ފަށައިފި، އެކަކު ކުށަށް އިއުތިރާފުވެއްޖެ

މިހާރު

30 ޖޫން 2025 | ހޯމަ | 3:09

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ އޮފިސަރުންތަކެއް މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

އޭނާގެ އިތުރުން ދެން ދައުވާ ކޮށްފައިވަނީ އިމިގްރޭޝަންގެ ތިން އޮފިސަރުން ކަމަށްވާ ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދާއި ތ. ބުރުނީ، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އަދި މ. ހަޒާރީވިލާގެ، އަހުމަދު ލައްސާންގެ މައްޗަށެވެ.

މައުޟޫޢުތަށް