އެކި ސެންޓަރުތަކުން 1،400 އަށް ވުރެ ގިނަ ކުދިން އަންނަނީ ގުރުއާން ހިތުދަސްކުރަމުން

މިހާރު

30 ޖޫން 2025 | ހޯމަ | 3:59

ރާއްޖޭގެ އެކި ހިސާބުތަކުގައި 1،400 އަށްވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ގުރުއާން ހިތުދަސްކޮށްދޭ 20 ސެންޓަރެއްގައި 1،434 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ 783 އަންހެން އަދި 651 ފިރިހެން ދަރިވަރުންނެވެ.

މާލެ ސަރަހައްދުގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ. ތިން ވަނައަށް، 127 ދަރިވަރުންނާއެކު އެންމެ ގިނައީ އިލްމު އިންސްޓިޓިއުޓުގަ އެވެ.

މައުޟޫޢުތަށް