ހަންކެޑެ މަޝްރޫއު ހުއްޓާލުން ގޯސް، ސަރުކާރުގެ ނިންމުން ބަދަލުކުރަން ޖެހޭ: އަޒާން

މިހާރު

30 ޖޫން 2025 | ހޯމަ | 10:01

އައްޑޫ ހަންކެޑެ ތަރައްގީ ކުރުމަށް ކުރިން ކަނޑައެޅި ކޮންސެޕްޓް ބަދަލުކުރަން ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށާއި އެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހްމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.

އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަންކެޑެ މަޝްރޫއު ހުއްޓާލައި، އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ނިންމި ނިންމުމާއި އައްޑޫގެ ގިނަ ރައްޔިތުންނާއި އޭނާ ވެސް ދެކޮޅު ކަމަށެވެ.

ހަންކެޑެ މަޝްރޫއުއަކީ ބޭންކް އޮފް ޗައިނާ އިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރަން ނިންމާފައިވާ މަޝްރޫއެއް ކަމަށާއި މި ސަރުކާރު ވެރިކަމަށް އައިއިރު އެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވިޔަސް، ލޯނުގެ ކަންކަން އޮތީ ވަރަށް "އެޑްވާންސްޑް ސްޓޭޖެއް" ގައި ކަމަށް އަޒާން ވިދާޅުވި އެވެ.

މައުޟޫޢުތަށް