ވިމްބެލްޑަންގެ ފުރަތަމަ ބުރުން މެޑްވެޑޭވް ކަޓައިފި

މިހާރު

1 ޖުލައި 2025 | އަންގާރަ | 8:40

ލަންޑަން (ޖޫން 31) - ވިމްބެލްޑަން ޓެނިސް މުބާރާތުގައި ވާދަކުރާ ރަޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޑެނީލް މެޑްވެޑޭވް ފުރަތަމަ މެޗުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ނުވަ ވަނަ އަށް ސީޑް ކުރެވުނު މެޑްވެޑޭވް، 39، ބަލިވީ ފްރާންސްގެ ބެންޖަމިން ބޮންޑީއާ ވާދަކޮށް 3-1 އިންނެވެ. ބޮންޑީ ސެޓްތައް ގެންދިޔައީ 7-6 (7-2)، 3-6، 7-6 (7-3) އަދި 6-2 އިންނެވެ.

ވިމްބެލްޑަން މުބާރާތް ކާމިޔާބު ކުރެވިފައި ނެތަސް މެޑްވެޑޭވް ވަނީ ފާއިތުވި ދެ އަހަރު ވެސް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. މިހާތަނަށް ގްރޭންޑް ސްލޭމްގެ ހަ ފައިނަލެއްގައި ވާދަކޮށްފައިވާ މެޑްވެޑޭވް ވަނީ 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ.

މައުޟޫޢުތަށް