ސީރިއާއާ ދެކޮޅު ފިޔަވަޅުތައް އެމެރިކާއިން ރަސްމީކޮށް އުވާލައިފި
މިހާރު
1 ޖުލައި 2025 | އަންގާރަ | 6:35
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ރަސްމީކޮށް އިއްޔެ އުވާލައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ގަރާރަކުން މިކަން ނިންމަވަމުން ވިދާޅުވީ މިއީ ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއަށް ސީރިއާ އަލުން ގެނައުމުގެ މަގްސަދުގައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
ސީރިއާގެ މިހާރުގެ ލީޑަރު އަހްމަދު އައް ޝަރާ ބައްޝާރުލް އަސަދުގެ 50 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް އާ ސަރުކާރެއް އެކުލަވާލުމާ އެކު އޭނާއަށް ތާއީދުކުރާ ސައޫދީ އަރަބިއްޔާ އާއި ތުރުކީން އެދުމުން ޓްރަމްޕް މިދިޔަ މެއި މަހު ވަނީ ސީރިއާއާ ދެކޮޅު ގިނަ ފިޔަވަޅުތައް އުވާލައްވައިފަ އެވެ.