ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
މިހާރު
1 ޖުލައި 2025 | އަންގާރަ | 10:57
ފިހުނީ ދޯނީގެ ވެރިފަރާތާއި ބިދޭސީއެއް.
ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރޯވީ ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައި ކަމަށެވެ.