އޮސްޓްރިއާގައި ބާއްވާ މޭޔަރުންގެ ފޯރަމްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވަނީ
މިހާރު
1 ޖުލައި 2025 | އަންގާރަ | 12:31
މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް ފުރައިފި އެވެ.
އޮސްޓްރިއާގެ ވިއެނާގައި މާދަމާއި އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ 14 ވަނަ މޭޔަރުންގެ ފޯރަމްގައި ކައުންސިލުން ބައިވެރިވަނީ މޭޔަރު އާދަމް އާޒިމް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަންގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ.
މޭޔަރު އާޒިމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ބައިވެރިވުން އެފަދަ ފޯރަމްތަކަށް ވަރަށް މުހިންމު ކަމަށެވެ.