އެފްއޭއެމްގެ ސަރަހައްދީ ޒޯންތައް އުފެއްދުން އިންތިހާބުވާ އެކްސްކޯ އަށް
މިހާރު
1 ޖުލައި 2025 | އަންގާރަ | 12:59
އެފްއޭއެމްގެ ޒޯން އަދި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުން އަލަށް ހަވާލުވާ އެކްސްކޯ އަށް މަތިކޮށްފި އެވެ.
އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބު މި މަހު 26 ގައި އޮންނާނެ އެވެ. އެ އިންތިހާބުން ހޮވޭ އެ އެސޯސިއޭޝަންގެ ރައީސްގެ އެކްސްކޯ އަށް ގިނަ ޒިންމާތަކެއް ވަނީ މަތިކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ މިހާރު އަމަލުކުރަމުންދާ ކުޅިވަރު ގާނޫނާ އެއްގޮތަށް ރާއްޖެ ޒޯންތަކަށް ބަހާލައި ސަރަހައްދީ އެސޯސިއޭޝަންތައް ގާއިމު ކުރުމެވެ.