އެސްޓީއޯއިން ގެންނަނީ ބޭހުގެ 30 ޕަސެންޓް، ގިނަ ބޭހަށް ހުއްދައެއް ނެތް
މިހާރު
1 ޖުލައި 2025 | އަންގާރަ | 7:17
ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ނުލިބި ދަތިކަމާ ކުރިމަތިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގަވައިދު އޮތްގޮތުން ބައެއް ބޭސްތައް ގެނައުމުގެ ހުއްދަ އެސްޓީއޯއަށް ނުލިބޭތީ ކަމަށާއި މިހާރު ގެނެވެނީ ބޭނުންވާ ބޭހުގެ 30 ޕަސެންޓް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، މެމްބަރުންގެ ސުވާލުތަކާ ގުޅިގެން ޝިމާދު ވިދާޅުވީ، ބޭހުގެ ރެގިއުލޭޝަންތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއިން ގަވައިދު ހަދާފައި އޮންނަ ގޮތުން އެއް ބޭހެއް، ދެ ކުންފުންޏަކަށް ރާއްޖެ އެތެރެ ނުކުރެވޭ ކަމަށެވެ.
އެހެންވެ، ބޭސް ފޯރުކޮށްދޭ ސަޕްލަޔަރުން ވެސް އެއް ބޭހެއް، ދެ ފަރާތަށް ފޯރުކޮށްނުދޭ ކަމަށް ޝިމާދު ވިދާޅުވި އެވެ.