އެލިއާ އިން ބޯޓު އޮޕަރޭޓަރުންނަށް ތަމްރީނު ދޭ ޕްރޮގުރާމް ފަށައިފި

މިހާރު

1 ޖުލައި 2025 | އަންގާރަ | 3:13

އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ 11 ވަނަ ޕްރޮގުރާމު މިއަދު ފަށައިފި އެވެ.

މި ޕްރޮގުރާމް ފަށަން މިއަދު ހެނދުނު މީރުމާ ހޮޓަލުގެ ހޯލުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒައިދު ވަނީ އެފަދަ ޕްރޮގުރާމެއްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.

ޒައިދު ވިދާޅުވީ އަމާން ދަތުރަކަށް، ބޯޓުތަކުގެ ކެޕްޓަނުންނަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުތައް ދަންނަ، ސޭފްޓީ ރެގިއުލޭޝަންތަކާ ރައްޓެހި ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ތިން ދުވަހުގެ އެ ޓްރެއިނިން ޕްރޮގުރާމަކީ ރައްކާތެރިކަމާ އެކު ކަނޑުއުޅަނދުފަހަރު ދުއްވަން ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބޭނެ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް