ހާރިޖީ ސިޔާސަތު އޮތީ ދިވެހިންގެ ފައިދާއަށް، ނޫނެކޭ ބުނަން ފަހެއް ނުޖެހޭނެ: ހަލީލް

މިހާރު

1 ޖުލައި 2025 | އަންގާރަ | 7:13

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދިވެހިންނަށް ފައިދާ ހޯދައިދިނުމަށް ކަމަށާއި ދިވެހިންގެ ހައްގުގައި "ނޫނެކޭ ބުނަންޖެހޭ ނަމަ" އެކަން ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި އުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ ދިވެހިންނާއި ރާއްޖެއަށް ފައިދާވާނެ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަންކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށްވާތީ، މިހާތަނަށް ވެސް ހާރިޖީ ހުރިހާ ކަމެއް އެ މަނިކުފާނު ނިންމަވަނީ އެގޮތަށް ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި "ނޫނެކޭ ބުނަން ޖެހޭ" ތަންތަނުގައި އެގޮތަށް އެކަން ކުރައްވާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"އެކަން އެމަނިކުފާނު އަމަލާއި ބަހުން ވެސް އެ ވަނީ ދައްކަވާފައި. ނޫނެކޭ ވިދާޅުވާންޖެހޭ ތަންތަނުގައި ނޫނެކޭ ވިދާޅުވެފައި އާނއެކޭ ވިދާޅުވެފައި ހެޔޮ ގޮތް ހޯދަން ކުރައްވަން ޖެހޭ ކަންކަމުގައި އެކަން ވެސް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ހާސިލްކޮށް ދެއްވާފައި." ހަލީލް ވިދާޅުވި އެވެ.

މައުޟޫޢުތަށް