އޭޑީކޭ އާއި ޓްރީ ޓޮޕުން ފަރުވާ ހޯދި މީހުންނަށް މިދިޔަ މަހު އެންސްޕާއިން 7.4 މިލިއަން ރުފިޔާގެ އެހީ

މިހާރު

1 ޖުލައި 2025 | އަންގާރަ | 10:19

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު އެހީގެ ގޮތުގައި 7.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނެފި އެވެ.

ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން އާސަންދައިގެ ބޭރުން ބޭނުންވާ އެހީތެރިކަން ހަމަޖައްސައިދޭ އިދާރާ ކަމަށްވާ އެންސްޕާ އިން ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 190 މީހަކަށް އެހީ ދީފައިވެ އެވެ. އެ މީހުންނަށް ޖުމްލަ ހަރަދަކީ 3.2 މިލިއަން ރުފިޔާ އެވެ.

އެ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ގިނަ އެހީ ދީފައިވަނީ ވަނީ ހިތުގެ ބަލިތަކުގެ މީހުންނަށެވެ. ހިތުގެ ބަލީގެ 14 މީހަކަށް 994،871ރ. އެންސްޕާއިން ހަމަޖައްސައިދީފައިވެ އެވެ.

މައުޟޫޢުތަށް