ކުއާޓާގައި ރެއާލާއި ޑޯޓްމަންޑް: ބެލިންހަމްގެ ދެބެން އެކުގައި ދަނޑުމަތިން ނުފެންނާނެ

މިހާރު

2 ޖުލައި 2025 | ބުދަ | 9:35

މަޔާމީ (ޖުލައި 2) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރަން ޖެހިފައިވާއިރު ޖޫޑެ ބެލިންހަމްގެ ކޮއްކޮ، ޖޯބެ ބެލިންހަމް އެ މެޗަށް ސަސްޕެންޑް ވެއްޖެ އެވެ.

މިހާތަނަށް ފަސް ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް ކުއާޓާއަށް ދަތުރު ކުރީ 1-0 އިން ޔުވެންޓަސް ބަލިކޮށްގެންނެވެ.

ރޭ ކުޅުނު މި މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު 54 ވަނަ މިނިޓުގައި ޖަހައިދިނީ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ. މިއީ އޭނާ ކްލަބް ވޯލްޑް ކަޕްގައި ޖެހި ތިންވަނަ ލަނޑެވެ.

މައުޟޫޢުތަށް