ވޯލްޑް ބޭންކުގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރުގެ ދައުރު ފުޅާކޮށްފި
މިހާރު
2 ޖުލައި 2025 | ބުދަ | 10:39
ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ކަންޓްރީ މެނޭޖަރުގެ ދައުރު އިތުރަށް ފުޅާކޮށް، ރާއްޖޭގައި އެ ބޭންކު ގުރޫޕުގެ މެނޭޖަރުގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އަރުމޭނިއާ އަށް އުފަން، ގެވޯގް ސާގްސިއަން ރާއްޖޭގެ ކަންޓްރީ މެނޭޖަރަކަށް ވޯލްޑް ބޭންކުން އައްޔަނުކުރީ މިދިޔަ އަހަރު އެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ސާގްސިއަން އަދާކުރަމުންދާ ދައުރު ފުޅާކޮށް، ޕްރައިވެޓް ސެކްޓަރަށް އަމާޒުކޮށް ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (އެމްއައިޖީއޭ)ގެ މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާތައް ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.