120 ޓަނަށް ވުރެ ގިނަ ބޮޑުކަންނެލި ނުކިރުވި "ތާށިވެފައިވާ" މައްސަލައެއް މަޖިލިހަށް!
މިހާރު
2 ޖުލައި 2025 | ބުދަ | 10:27
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކުން ބާނާފައިވާ 120 ޓަނަށް ވުރެ ގިނަ ބޮޑުކަންނެލި ނުކިރުވުމުން ރައްޔިތުންގެ މަޖިލީހަށް އިިދިކޮޅު ފަރާތްތަކުން މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހަޅުއްވަމުން ޒިޔާދު ވިދާޅުވީ، މިފްކޯ މެދުވެރިކޮށް ބޮޑުކަންނެލި ގަންނަ ގޮތަށް ބަދަލުކޮށް، މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭގޮތަށް ހަމަޖެއްސުމާ އެކު، ބޮޑުކަންނެލީގެ އަގު 100-80ރ. އާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ވައުދުފުޅެއް ކަމަށެވެ.