ވިލުފުށިން ފިހުނު، ދޯނީގެ ވެރިމީހާ އައިސީޔޫގައި

މިހާރު

2 ޖުލައި 2025 | ބުދަ | 12:38

ތ. ވިލުފުށީގެ ދެ ދޯންޏެއްގައި އިއްޔެ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މާލެ ގެނައި އެ ދޯނީގެ ވެރިމީހާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ފިހުނީ ދޯނީގެ ވެރިމީހާ، މަހުމޫދު މުހައްމަދު އިތުރުން ބިދޭސީއެކެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ހަސަން ޖަބީން ވިދާޅުވީ ބިދޭސީ މީހާއަށް އެހާ ބޮޑުވަރު ނުވި ނަމަވެސް، އުމުރުން 50 އިން މަތީގެ މަހުމޫދު އޮތީ ވަރަށް ބޮޑަށް ފިހިފައި ކަމަށެވެ. އެހެންވެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިއްޔެ އޭނާ މާލެ ފޮނުވާލީ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް