ރާއްޖޭގެ އިސްލާމީ މަރުކަޒުތަކުގެ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަނީ
މިހާރު
2 ޖުލައި 2025 | ބުދަ | 1:02
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި ހަދަން ނިންމާފައިވާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ހއ. ދިއްދޫ، ރ. އުނގޫފާރު، ގދ. ތިނަދޫ، އައްޑޫ އަދި އެހެން ރަށްރަށުގައި މިހާރު ހަދަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ހަދިޔާކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ކަމަށެވެ.
އެ ގައުމާއި ޔުނިވާސިޓީގެ ނަން ހާމަނުކުރައްވައި ޝަހީމް ވިދާޅުވީ އެ ތަނުން 60،000 ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.