އަތޮޅު ހޮސްޕިޓަލްތަކުން ފޮނުވާ ބަލި މީހުން ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަދަނީ

މިހާރު

2 ޖުލައި 2025 | ބުދަ | 3:53

ރަށްރަށުގައި ހުންނަ ހެލްތު ސެންޓަރުތަކުގެ ބަދަލުގައި، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކުން މާލެ އަށް ބަލި މީހުން ރެފާ ކުރެވޭ ގޮތް ހަދައި، އެ މީހުންނަށް ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލާ ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ފަރުވާއަށް ރަށްރަށުން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަން ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލުތަކުން މާލެއަށް ރެފާކުރާ ގޮތް ހަދައި އަދި އެ ހޮސްޕިޓަލުތަކުން އެގޮތަށް އެދުމުން އަވަހަށް އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް