ދެމެހެއްޓެނެވި ތަރައްގީއަށް ކުދި ގައުމުތަކަށް އޮތް ހުރަހަކީ ދަރަނި: ނައިބު ރައީސް
މިހާރު
3 ޖުލައި 2025 | ބުރާސްފަތި | 12:05
ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ސްޕެއިންގައި ކުރިއަށް ގެންދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓުގައި ނައިބު ރައީސް ވިދާޅުވީ މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށެވެ.
އެ ފަދަ މައްސަލަތައް ބޮޑުވެގެން އުޅެނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުންނެވެ.