އެޗްޑީސީ އަތުން ބަދަލުހިފައި ސިފައިން ޗެމްޕިއަންކަން ހޯދައިފި
މިހާރު
3 ޖުލައި 2025 | ބުރާސްފަތި | 9:36
ފައިނަލުގައި ފަސް ސެޓަށް ކުޅެގެން 3-2 އިން އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު 26-24 އިން ގެންދިޔައީ ސިފައިންނެވެ. ނަމަވެސް އެޗްޑީސީ ވަނީ ޖެހިގެން އައި ދެ ސެޓުން 25-23 އަދި 25-22 އިން މޮޅުވެފަ އެވެ.
ހަތަރު ވަނަ ސެޓުގައި 25-20 އިން ސިފައިން ކުރިހޯދުމުން ނަތީޖާ ނެރުނީ ފަސް ވަނަ ސެޓެއް ކުޅެގެންނެވެ. ފަހު ސެޓު ސިފައިން ކާމިޔާބު ކުރީ 15-10 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް ފިލިޕޭ ޕެރޭރާ އެވެ.