ހޮލީވުޑް "ވޯކް އޮފް ފޭމް" ލިބޭ އިންޑިއާގެ ފުރަތަމަ އެކްޓްރެސްއަކަށް ދީޕިކާ!

މިހާރު

3 ޖުލައި 2025 | ބުރާސްފަތި | 12:37

ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓްރެސް ދީޕިކާ ޕަޑުކޯންއަށް ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ޝަރަފު ދޭން ނިންމައިފި އެވެ.

ދީޕިކާއަކީ އެ ޝަރަފު ލިބޭ އިންޑިއާގެ ފުރަތަމަ އެކްޓްރެސް އެވެ.

ހޮލީވުޑް "ވޯކް އޮފް ފޭމް"އަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ހިދުމަތްކުރާ މީހުންގެ އަގުވަޒަންކޮށް ދޭ ޝަރަފުގެ ތަރިއެކެވެ. ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ހޮލީވުޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ "ވޯކް އޮފް ފޭމް"ގައި ފަންނާނުންނަށް ދޭ ތަރި ބާއްވަނީ އެކަމަށް ހާއްސަކޮށްފައިވާ އެމެރިކާގެ ލޮސް އެންޖަލިސްގެ މަގެއްގަ އެވެ.

މައުޟޫޢުތަށް