70 އަހަރާ ގާތްކުރަނީ، މަސައްކަތުގައި އަދިވެސް 100
މިހާރު
4 ޖުލައި 2025 | ހުކުރު | 10:14
ދަނޑުގެ އިން ވަކިކުރަން ޖަހާފައި ހުރި ދަނޑި ކޮށިގަނޑުގައި ފެތުރިފައިވާ ޖުމްހޫރީ މޭވާ ވެލުގައި ފޮޅިފައިވާ މާތައް ޖޯޑުކުރުވުމުގައި އޭނާ އުޅުނެވެ.
"މިއަށް ވުރެ ރަނގަޅު އަގެއް ލިބޭ އެއްޗެއް ނެތް. އެކަމަކު މީގެއިން ކިލޯއެއް ހަމަކޮށްލެވޭ ވަރަށް ވެސް މޭވާ ކޮޅެއް ލިބޭނީ ވަރަށް ބުރަ މަސައްކަތުން. އެއީ ކޮންމެ މަލެއް ވަކިން ޖޯޑުކޮށްގެން އެވަރަށް މޭވާ އަޅާނީ،" މާތަކަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
މިއީ، މި ރަށު [ވައިކަރަދޫ] ގައި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ދުވަސްވީ ދަނޑުވެރިޔާ އަލީ އަބްދުއްރަހްމާނެވެ. ރަށު މީހުންގެ ނަމުން ނަމަ "އަލިބެ" އެވެ. މި މަހު އޭނާ އަށް 68 އަހަރު ފުރޭނެ އެވެ. އުމުރުން 70 އަހަރާ ގާތްކުރާއިރު ވެސް މި މަސައްކަތުގައި ދެމިހުރީ އޭނާ ބުނިގޮތުގައި ކަމެއް ނުކޮށް ހުންނަން އުނދަގުވާތީ އެވެ.