އަލީ ޚާލިދުގެ ގެއިން 40،000ރ. ގެ މުދާ ވަގަށް ގެންގޮސްފި، ފިލައިގެން އުޅޭ ވަގު ހޯދަނީ
މިހާރު
3 ޖުލައި 2025 | ބުރާސްފަތި | 3:22
އެ ގެއިން ވައްކަންކުރުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުވާ މީހާ އަދި ނުފެނޭ. އެއީ، ވަނަމަކަށް "ސަޓަޑޭ" ކިޔާ މީހެއް. އޭނާ އުޅެނީ ފިލައިގެން.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން 40،000ރ. ގެ މުދާ ބަޔަކު ވަގަށް ނަގައިފި އެވެ.
އަލީ ޚާލިދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި މާލޭގައި ހުންނަ އޭނާގެ ގެއަށް ބަޔަކު މިދިޔަ އާދިއްތަ ދުވަހު ހެނދުނު 6:13 ހާއިރު ވަދެ ވައްކަންކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތުވާ މީހުން ހޯދަން އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.