ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު ދެ މީހުންނަށް ދައުވާކޮށްފި

މިހާރު

3 ޖުލައި 2025 | ބުރާސްފަތި | 6:14

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މާލޭގައި ކުރި އެ މުޒާހަރާ ރޫޅަލުމަށްފަހު މަހްޒޫމާއި ޝިމަން އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް ކުރަނީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މައުޟޫޢުތަށް