މީހަކު ރަހީނުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިހާރު
4 ޖުލައި 2025 | ހުކުރު | 5:32
މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ހުއްދަ ނޫން ގޮތުގައި ގެއެއްގައި މީހަކު ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ސުވާސާގޭ އިބްރާހިމް ސައީދެވެ. އުމުރުން 48 އަހަރުގެ އެ މީހާ ހައްޔަރުކުރީ ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރަން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކުށުގެ ވެށިންނެވެ.