ކެލާ ފަޅުގައި ރިސޯޓް ތަރައްގީ ކުރަން ލުއިތަކަކާ އެކު އަލުން އިއުލާންކުރަނީ
މިހާރު
4 ޖުލައި 2025 | ހުކުރު | 5:46
ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކެއްދީ އަލުން އެ މަޝްރޫއު ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލީ މިދިޔަ މާޗު މަހުގެ 31 ގަ އެވެ. އޭރު ބިޑު ހުށަހަޅަން އަންގައި އިއުލާންކުރީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓު ހަދާނެ ބަޔަކު ހޯދާށެެވެ.
މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު، އެ ބިޑުގެ މުއްދަތު ހަމަވެފައިވަނިކޮށް އެ އިއުލާން ބާތިލުކުރީ، ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، މިހާތަނަށް ޓޫރިޒަމް ތަރައްގީވެފައި ނުވާ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ސަރުކާރުންކޮށްފައިވާ އިއުލާނާ ގުޅިގެން އަލުން ހުޅުވާލުމަށެވެ.