އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް: ބޯޑިން ބްރިޖަށް މުވައްޒަފުން ތަމްރީނުކޮށްފި

މިހާރު

5 ޖުލައި 2025 | ހޮނިހިރު | 11:47

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ "ޕެސެންޖާ ބޯޑިން ބްރިޖުތައް" އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އޭގެ ތެރެއިން އެންމެ މުހިންމު އެއްބަޔަކީ ޕެސެންޖާ ބޯޑިން ބްރިޖުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުމެވެ.

އެއީ ރާއްޖެ އަށް ވެސް މުޅިން އާ ހިދުމަތަކަށް ވާތީ އެކަމަށް ވީއައިއޭ އިން ހާއްސަ އިސްކަމެއް ދިން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މައުޟޫޢުތަށް