ފުވައްމުލަކުގެ މިޔަރުތައް މިހާރު ނެޓްފްލިކްސްގައި، ފުރަތަމަ އެޕިސޯޑު ހާއްސަކުރީ އެ ރަަށަށް

މިހާރު

5 ޖުލައި 2025 | ހޮނިހިރު | 7:47

ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކުގެ މަޝްހޫރު "ޝާކް ޕޮއިންޓް" ފީޗާކޮށްފި އެވެ.

ގިނަ އަދަދެއްގެ ފެމުނުމިޔަރު ފެންނަ ފުވައްމުލަކުގެ "ޝާކް ޕޮއިންޓް" އަކީ މިހާރު މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ތަނެކެވެ. ހަމައެކަނި އެ ތަނުގައި ފީނާލަން ބޭނުންވެގެން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ވަރަށް ގިނަ އެވެ. އެއީ މިހާރު ދުނިޔޭގައި ފެމުނުމިޔަރުގެ އެންމެ ބޮޑު އާބާދީއެއް ވެސް އޮތް ތަނެވެ.

ނެޓްފްލިކްސް ޝޯގައި ވެސް ފުވައްމުލަކަށް ނިސްބަތްކޮށް ކިޔަނީ "ޝާކް އައިލެންޑް" އެވެ.

މައުޟޫޢުތަށް