ފަހު މެޗުގައި ރާއްޖެ ބަލިކޮށް ޔޫއޭއީ އަށް ބޮޑު މޮޅެއް

މިހާރު

5 ޖުލައި 2025 | ހޮނިހިރު | 7:15

އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) 5-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.

ޔޫއޭއީ ފުރަތަމަ ލަނޑު ޖެހީ 28 ވަނަ މިނިޓުގައި، ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ހާފުގެ އިތުރު ވަގުތުގައި ލިބުނު ކޯނަރެއް ބޮލުން ޖަހައި ދެވަނަ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ސަލްހާ އަލް ޒާބީ އެވެ. އަދި ދެވަނަ ހާފު ފެށީގެން ދެވަނަ މިނިޓުގައި ލިބުނު ކޯނަރަކުން އޭނާ ވަނީ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މެޗު ނިމެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ޔޫއޭއީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ފާތިމާ އަލް ހުސްނީ އެވެ. އިތުރު ވަގުތުގެ ތެރޭގައި ފަސްވަނަ ލަނޑު ޖަހައިދިނީ މައިތާ އަލް ހަޒްމީ އެވެ.

މައުޟޫޢުތަށް