ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު

މިހާރު

5 ޖުލައި 2025 | ހޮނިހިރު | 8:52

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށް އަބަދުވެސް ވަރަށް ގިނަ ކުންފުނިތަކުން އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ލިބެމުން އަންނަ ކަމަށާއި މިހާރު ފެންމަތިވެގެން އުޅޭ ދުބާއީގެ ޖެޓެކްސްގެ ޕްރޮޕޯސަލްއަކީ ވެސް އެފަދަ ޑޮކިއުމަންޓެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖެޓެކްސްއާ ގުޅޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ޝަރީފުއާ "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދުބާއީގެ ކުންފުންޏާ އެކު އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ވެސް އަދި އެހެން ޓާމިނަލެއް ވެސް އެއްވެސް ބަޔަކަށް ދޭކަށް އަޅުގަނޑުމެން ނުނިންމަން. އަޅުގަނޑުމެން އެ ކަމަކާ ނޫޅެން،" ޝަރީފު ވިދާޅުވި އެވެ.

މައުޟޫޢުތަށް