ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރު ދޭ ކެމްޕެއިން ފަށައިފި

މިހާރު

5 ޖުލައި 2025 | ހޮނިހިރު | 10:00

ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ކެމްޕެއިން މިއަދު ފަށައިފި އެވެ.

އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނީ، އޮސްޓްރޭލިއާ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށް ގެންދާ ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމާއި އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރު އެޅުން ކަމަށެވެ.

މިިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 39 އަންހެނުން ބައިވެރިވެ އެވެ.

މައުޟޫޢުތަށް