ޖީއެމްއާރު 'ޑީލް' ދިފާއު ކުރައްވައި ނަޝީދު ވިދާޅުވީ ހަނިމާދޫއެއާޕޯޓު އެހެން ބަޔަކާ ހަވާލުކުރުމުން މާ ފައިދާވެދާނެ ކަމަށް

މިހާރު

6 ޖުލައި 2025 | އާދިއްތަ | 12:32

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ މައި އެއާޕޯޓު ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދޫކުރި ދޫކުރުން ދިފާއު ކުރައްވައި، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން އެތަން ހިންގާނެ ބަޔަކު ހޯދުން ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި ނަޝީދު އެހެން ވިދާޅުވީ، އިންޑިއާގެ އަދާނީ ގުރޫޕަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު "ވިއްކާލަން" އުޅޭ ކަމަށް ބުނާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގުކުރައްވާފައި ވަނިކޮށެވެ. އޭނާ އެ ވާހަކަތައް ދޮގުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަނިމާދޫ އެއާޕޯޓު "ވިއްކާލުމާ ގުޅޭ މަޝްވަރާތައް" އަދާނީ ގުރޫޕާ އެކު ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ރޭ ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.

ނަޝީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފި ނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ ކަމަށެވެ.

މައުޟޫޢުތަށް