ސޯޝަލް މީޑިއާގައި މީހަކު ކިޔާފާނެ އެއްޗަކަށް ޖެހިލުމެއް ނުވޭ: އަބީޝެކް
މިހާރު
6 ޖުލައި 2025 | އާދިއްތަ | 10:17
ސޯޝަލް މީޑިއާގައި މީހަކު ކިޔާފާނެ އެއްޗަކަށް އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ.
އަބީޝެކް ބޮލީވުޑްގައި މަސައްކަތްކުރާތާ 25 އަހަރު ފުރުން ފާހަގަކުރުމަށް "އިންސްޓެންޓް ބޮލީވުޑް" ނޫހަށް މިިދިޔަ ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސޯޝަލް މީޑިގާއި މީހުން އޭނާއަށް ކިޔާ ފާޑުކިޔުންތަކަކީ ސީރިއަސް ކަމެއްގެ ގޮތުގައި އޭނާ ނުދެކޭ ކަމަށެވެ.
"ފިލްމީ ދާއިރާގައި އެހާ ގިނަ ދުވަހު މަސައްކަތްކޮށްފިން، އެހެންވެ، ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަމާއި ނުނަގަން ޖެހޭ ކަންކަން މިހާރު ވަރަށް ރަނގަޅަށް އެނގޭ. ސޯޝަލް މީޑިއާގައި ހިނގާ ކަންކަމުގެ އަސަރެއް އަހަންނަކަށް ނުކުރޭ،" އަބީޝެކް ބުންޏެވެ.