ޓްރިވެންޑްރަމް އެއާޕޯޓްގައި ޔޫކޭގެ ފައިޓަ ޖެޓެއް ނުފުރިފައި އޮންނަތާ ތިން ހަފްތާ
މިހާރު
6 ޖުލައި 2025 | އާދިއްތަ | 11:18
އިނގިރޭސި ވިލާތުގެ އެންމެ ޒަމާނީ ފައިޓަ ޖެޓެއް، މޫސުން ގޯސްވެގެން އިންޑިއާގެ ޓްރިވެންޑްރަމް އެއާޕޯޓަށް ޖެއްސިތާ ތިން ހަފްތާ ވީއިރު ވެސް ނުފުރިފައި އޮންނަން ޖެހުމުން އެކަމާ ގުޅޭ ސުވާލުތައް ގިނަވެއްޖެ އެވެ.
އެފް-35ބީ ޓްރިވެންޑްރަމް އެއާޕޯޓަށް ޖެއްސީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އެ ޖެޓް ޓްރިވެންޑްރަމަށް ދިޔައީ ރޯޔަލް ނޭވީގެ ފްލެގްޝިޕް މަނަވަރު، އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސްއާ އެކު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް މޫސުން ގޯސްވެގެން ކަމަށް ބުނެފައިވެ އެވެ. އެކަމަކު ޓްރިވެންޑްރަމަށް ޖެއްސި ފަހުން ޖެޓަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ހެދި އަނބުރާ ޕްރިންސް އޮފް ވޭލްސް އަށް ދެވޭ ގޮތް އަދިވެސް ނުވެފައި އޮތީ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.