އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފި
މިހާރު
6 ޖުލައި 2025 | އާދިއްތަ | 1:20
ދައުލަތުގެ ވެލްފެއާ ނިޒާމު އެންސްޕާ މެދުވެރިވެގެން ތައިލެންޑުން ބޭސްފަރުވާ ހޯދުމަށް މި އަހަރުގެ މިހާތަނަށް 33 މީހަކަށް އެހީ ދީފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އާސަންދައިން ދިން ޖަވާބުގައި ބުނީ ޔޫއޭއީ އަދި ތައިލެންޑުން ފަރުވާ ހޯދަން އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އެ އުސޫލުގެ ދަށުން އެކަކު މިހާރު ވެސް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފަރުވާ ހޯދަމުން ދާއިރު، އިތުރު ދެ މީހަކު ފަރުވާއަށް އެ ގައުމަށް ފޮނުވަން ވަނީ ހަމަޖެހިފަ އެވެ.
އާސަންދައިން ބުނިގޮތުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ބެންކޮކުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދިނީ އެންސްޕާއިންނެވެ. އެ މީހުންގެ ފަރުވާއަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.