ސައުދީ އަރަބިއްޔާގެ އާ ސަފީރުގެ ފަތްކޮޅު އަރުވައިފި
މިހާރު
6 ޖުލައި 2025 | އާދިއްތަ | 1:11
ސައުދީ އަރަބިއްޔާ އިން ރާއްޖެ ކަނޑައެޅި އާ ސަފީރު، ޔަހްޔާ ހަސަން އަލްގަހްތަނީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އޭގެ ތެރެއިން ސައުދީން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުމާއި ބަހައްޓާ އަހުވަންތަ ގުޅުމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.