ހުރިހާ ކްލަބެއްގެ ތާއީދާ އެކު ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވައިފި

މިހާރު

6 ޖުލައި 2025 | އާދިއްތަ | 12:06

އެފްއޭއެމްގެ ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާ އެކު އަހުމަދު ތޯރިގް (ޓޮމް) އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

މި މަހު 26 ގައި ބާއްވާ އިންތިހާބުގައި، އެފްއޭއެމްގެ މެމްބަރު 23 ކްލަބުން ވެސް ޓޮމް އަށް ތާއީދު ކުރުމުން އިތުރު ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

އެފްއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓްގެ ފޯމާ އެކު ފުރަތަމަ ޑިވިޝަނުން މަދުވެގެން ދެ ކްލަބްގެ ތާއީދު ސިޓީ ހިމެނޭ ގޮތަށް ޖުމުލަ ފަސް ކްލަބެއްގެ ތާއީދު ސިޓީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް