ތަކެތި ފެނިއްޖެ، "ސަޓަޑޭ"ގެ ޚަބަރެއް ނެތް!
މިހާރު
6 ޖުލައި 2025 | އާދިއްތަ | 1:54
ދައުލަތުގެ މީޑިއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ފެނިފައި ވިޔަސް، އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މައްޗަންގޮޅީގައި ހުންނަ ގެއަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައި، ވެރިފަރާތާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.