ރާއްޖޭން އެންމެ މޮޅު ދަރިވަރުން ކިޔަވަނީ ފެންވަރު ދަށް ޔުނިވާސިޓީތަކުގައި: އައިޖީއެސް

މިހާރު

6 ޖުލައި 2025 | އާދިއްތަ | 7:55

ރާއްޖެ އިން އޯ ލެވެލް އާއި އޭ ލެވެލް ގަދަ 10ގައި ހިމެނި ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް އެވޯޑު ހޯދާ ދަރިވަރުން މަތީ ތައުލީމަށް ކިޔަވަނީ އެ ކުދިންނާ އެކަށީގެންނުވާ، ފެންވަރު ދަށް ޔުނިވާސިޓީތަކުން ކަމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) ގެ ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެންނެވެ.

އެ ދިރާސާ ހެދީ 2022 އާއި 2023 ގައި ސްކޮލާޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާ އާއި އެ ކުދިން ކިޔަވާ ޔުނިވާސިޓީތަކުގެ ރޭންކިން އާއި އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތަކަށް ބަލައިގެންނެވެ.

މައުޟޫޢުތަށް