އާ ޓާމިނަލާއެކު ބެގޭޖް ޗެކިންއަށް ފުރަތަމަ ފަހަރަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރަނީ

މިހާރު

6 ޖުލައި 2025 | އާދިއްތަ | 4:01

ބެގޭޖް ހޭންޑްލިންގެ އާ ސިސްޓަމުން ގަޑިއިރެއްގެ ތެރޭގައި 1،200 ލަގެޖް، މިނެޓެއްގެ ތެރޭގައި 20 ބެގޭޖް ސްކްރީން ކުރެވޭނެ.

މި މަހު 26 ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލާއެކު ފުރަތަމަ ފަހަރަށް ބެގޭޖް ޗެކިންއަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރަން ނިންމައިފި އެވެ.

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، އެއާޕޯޓުގެ އާ ޓާމިނަލުގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިންގެ އާ ސިސްޓަމުން ގަޑިއިރެއްގެ ތެރޭގައި 1،200 ލަގެޖް ސްކްރީން ކުރެވޭނެ ކަމަށެވެ. އަދި މިނެޓެއްގެ ތެރޭގައި 20 ބެގޭޖް ސްކްރީން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މައުޟޫޢުތަށް