55 ރަށެއްގެ ކައުންސިލްގެ އާ އިމާރާތް އަޅަން ހެދި އެއްބަސްވުން ފަސް މަސް ފަހުން ބާތިލް!

މިހާރު

6 ޖުލައި 2025 | އާދިއްތަ | 4:32

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން ފަސް މަހުން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ އާ ބަޔަކު ހޯދަން ތައްޔާރުވެއްޖެ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ހެދި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.

ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އެގްރިމެންޓު ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް