އިޒްރޭލުން ބިރު ދެއްކިޔަސް ހަތިޔާރު ބަހައްޓައި އަމާންދޭކަށް ނެތިން: ހިޒްބުﷲ
މިހާރު
7 ޖުލައި 2025 | ހޯމަ | 7:48
ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށް ފިއްތުން އިތުރުކުރަމުން ދާއިރު އިޒްރޭލުން ދައްކާ ބިރަކަށް އެ ޖަމާއަތް ތަބާނުވާނެ ކަމަށް ލީޑަރު ނާއިމް ގާސިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައި މި ވަނީ މިއަދު އެމެރިކާގެ މަންދޫބު ތޯމަސް ބަރަކް ލުބްނާނަށް ވަޑައިގެން ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވާއިރު، މި އަހަރު ނިމުގެ ކުރިން ހިޒްބުﷲގެ ހަތިޔާރު ބެހެއްޓުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށް އޮފިޝަލުން ވިދާޅުވެފައި ވަނިކޮށެވެ.
"އިޒްރޭލުން ދައްކާ ބިރަކަށް އަހަރެމެން އަމާން ދޭކަށް ނެތިން،" އާޝޫރާ ދުވަސް ފާހަގަކުރުމަށް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ގާސިމް ވިދާޅުވި އެވެ.