އިޒްރޭލުން އަނެއްކާވެސް ޔަމަނަށް ހަމަލާދީފި
މިހާރު
7 ޖުލައި 2025 | ހޯމަ | 8:15
އިޒްރޭލުން އަނެއްކާވެސް ޔަމަންގެ ހޫތީންގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޔަމަންގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ހުދައިދާ އާއި ރަސް އީސާ އަދި ސާލިފް އަށް ހަމަލާދީފައިވާ ކަމަށެވެ. މިއީ ހޫތީންގެ އިންސްފްރާސްޓްރަކްޗާ އަށް ގެއްލުން ދިނުމުގެ ހަމަލާތަކެއް ކަމަށް ވެސް ބުންޏެވެ.
މިއީ އިޒްރޭލަށް ހޫތީން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ރައްދެއް ކަމަށް ބުނެފައި ވާއިރު މި ހަމަލާތަކަށް ފަހު ވެސް ހޫތީން ވަނީ އިޒްރޭލަށް އަމާޒުކޮށް ދެ މިސައިލެއް ފޮނުވާލައިފަ އެވެ.