ކަޕިލްގެ ކެފޭއެއް ކެނެޑާގައި ހުޅުވައިފި

މިހާރު

7 ޖުލައި 2025 | ހޯމަ | 11:00

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އޭނާގެ އަންހެނުން ޖިނީ ޗަތުރަތު ކެނެޑާގައި ކެފޭއެއް ހުޅުވައިފި އެވެ.

ކަޕިލްގެ ދެމަފިރިންގެ ކެފޭއެއް ކެނެޑާގައި ހުޅުވިކަން ހާމަކުރީ ގިނީގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކުރި ޕޯސްޓުތަކެއްގަ އެވެ. އިންސްޓަ ސްޓޯރީގައި ހުރީ އެ ކެފޭ ހުޅުވުމުން ކަޕިލް އާއި ގިނީގެ ރަށްޓެހިން އެމީހުންނަށް މަރުހަބާ ކިޔާފައި ކޮށްފައި ހުރި ޕޯސްޓުތައް ރީ-ޕޯސްޓުކޮށްފަ އެވެ.

"ކެޕްސް ކެފޭ"ގެ ނަން ދީފައިވާ އެ ކެފޭ މިދިޔަ ހުކުރު ދުވަހު ހުޅުވީ ކެނެޑާގެ ސިޓީއެއް ކަމަށްވާ ސުއްރީގަ އެވެ.

މައުޟޫޢުތަށް