މޯލްޑިވިއަންގެ އިންޖިނިއަރިން ސާވިސް ބިލްޑިން ހުޅުވައިފި
މިހާރު
7 ޖުލައި 2025 | ހޯމަ | 11:52
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ކުންފުނީގެ އިންޖިނިއަރިން ސާވިސް ބިންޑިން ހުޅުވައިފި އެވެ.
އެ އިމާރާތް ރަސްމީކޮށް އިއްޔެ ހުޅުވީ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނެވެ.
ތިން ބުރީގެ އިންޖިނިއަރިން ސާވިސް ބިލްޑިން އިން ބޯޓުތަކުގެ އިންޖިނިއަރިންނާ ގުޅޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. އެ އިމާރާތުގައި އެއާކްރާފްޓްތަކަށް ބޭނުންވާ ސްޕެއާ އާއި އޮފީސް ސްޕޭސްގެ އިތުރުން ކޮލިޓީ އާއި ސޭފްޓީ އާއި ސެކިއުރިޓީ ގުޅޭ ހިދުމަތްތައް ދޭނެ އެވެ.