ދަޑިމަގާއި ހުރާ ވެސް ޗެމްޕިއަން އެޗްޑީސީ ބަލިކޮށްފި

މިހާރު

7 ޖުލައި 2025 | ހޯމަ | 11:56

މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އެޗްޑީސީ ކުޅުނު ފުރަތަމަ ދެ މެޗުން، ފުވައްމުލައް ސިޓީގެ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބް އަތުން ބަލިވެއްޖެ އެވެ.

ހުރާ ކްލަބާ ވާދަކޮށް ރޭ ކުޅުނު މެޗުން އެޗްޑީސީ ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 25-19 އިން ހުރާ ގެންގޮސްފައި ވަނިކޮށް އެޗްޑީސީ ވަނީ 25-22 އިން ދެވަނަ ސެޓު ގެންގޮސް އެއްވަރު ކޮށްފަ އެވެ.

ނަމަވެސް ދެން ކުޅުނު ދެ ސެޓު 25-22 އަދި 25-21 އިން ގެންގޮސްގެން ހުރާ ވަނީ ލީގުގައި ދެ ވަނަ މޮޅު ހޯދައި، ތާވަލުގެ ދެ ވަނައަށް ޖެހިލައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިދޭސީ ކުޅުންތެރިޔާ މިކާލް ވޮއިކިކް އެވެ.

މައުޟޫޢުތަށް